Last Updated: May 2, 17:44
Thursday, May 2, 2024
ޚަބަރު ސިޔާސީ

ޖޫރިމަނާ ކުރުމަށްފަހު ހައްޔަރު ކުރި މީހުން ދޫކޮށްލައިފި

އިއްޔަ މުޒާހަރާގެ ތެރެއިން މީހަކު ހައްޔަރު ކުރަނީ--

އިދިކޮޅު ޕީޕީއެމް ޕީއެންސީން އިއްޔަ މާލޭގައި ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން ހައްޔަރު ކުރި މީހުން ދޫކޮށްލައިފިއެވެ.

އިއްޔަ މުޒާހަރާގެ ތެރެއިން ފުލުހުން ވަނީ 38 މީހަކު ހައްޔަރު ކޮށްފައެވެ.

ފުލުހުން ބުނެފައިވަނީ އެއްވުމަކީ އެޗްޕީއޭގެ ގައިޑްލައިންނާއި ހިލާފަށް ބޭއްވި އެއްވުމެއް ކަމަށާ އަދި ގިނަ އަދަދެއްގެ ފުލުހުންނާއި ކޮންޓެކްޓްވުމާއި ޕޮލިސް ކަސްޓޯޑިއަލް ގައިވެސް ގިނަ ބަޔަކު ތިބުމުން ހައްޔަރުކުރި މީހުންގެ ސާމްޕަލް ދިނުމަށް އެދިފައިވާ ކަމަަށެވެ. ނަމަވެސް ސާމްޕަލް ދިނުމަށް ހައްޔަރު ކުރި މީހުން ދެކޮޅު ހަދާފައިވާކަމަށް ފުލުހުން މައުލޫމާތުދެއެވެ.

މިދިޔަ ހުކުރެކޭ އެއްގޮތަށް އިއްޔަވެސް ހައްޔަރު ކުރި މީހުން ދޫކޮށްލާފައިވަނީ 1000 ރުފިޔާއިން ޖުރިމަނާ ކުރުމަށްފަހު ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

މާލޭގައި ހަލުވިކަމާއި އެކު ކޮވިޑް-19 ފެތުރެމުން އަންނައިރު އެޗްޕީއޭއިން ވަނީ އެއްފަހަރާ ފަސް މީހުނަށްވުރެއް ގިނައިން އެއްނުވުމަށް އަންގާފައެެވެ. އަދި ފުލުހުން ބުނެފައިވަނީ އެޗްޕީއޭގެ އެންގުމާއި ހިލާފަށް ބާއްވާ އެއްވުންތައް ވަގުތުން ރޫޅާލާ ފިޔަވަޅު އަޅާނެކަމަށެވެ.