Last Updated: May 2, 12:12
Thursday, May 2, 2024
ޚަބަރު ސިޔާސީ

އައްޑޫގައި އަޅާ ބްރިޖްގެ ސަބަބުން ރަށްތަކުގެ މެދުގައި އޮތް ގުޅުން ކެނޑޭނެ: ސިއްދީގް

ފޮޓޯ: ރާއްޖެ އެމްވީ

އައްޑޫސިޓިގައި އަޅާ ބްރިޖުގެ ސަބަބުން ރަށްތަކުގެ މެދުގައި އޮތް ގުޅުން ކެނޑިގެންދާނެކަމަށް ރައީސް އަބްދުﷲ ޔާމީން ސަރުކާރުގެ ހޯމް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު ސިއްދީޤް ވިދާޅުވެއްޖެއެވެ.

"ޗެނަލް 13"ގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ސިއްދީޤް ވިދާޅުވީ މި ސަރުކާރަކީ ހުސްވާހަކަ ދައްކާ ބައެއްކަމަށާއި، އެހެންނަމަވެސް އައްޑޫސިޓީގައި މި ސަރުކާރުން ބްރިޖެއް އަޅާފާނެ ކަމަށެވެ. އަދި އައްޑޫގައި މިކަންކުރާނީ އައްޑޫގައި ހުރި ޕޮލިސް އެކެޑަމީ އިންޑިއާ ސަރުކާރުގެ އަތްދަށުގައި ބޭއްވުމަށް ކަމަށް ސިއްދީޤް ތުހުމަތު ކުރެއްވިއެވެ.

ސިއްދީޤް ތުހުމަތު ކުރެއްވި ގޮތުގައި ބްރިޖެއް އަޅައިފިނަމަ އައްޑޫސިޓީގެ ރަށްތަކުގެ މެދުގައި އޮތް ގުޅުން ކެނޑިގެންދާނެކަމަށެވެ.

"މިހާރު އެއޮތް ލިންކްރޯޑު އެއޮތީ އެރަށުން އަނެއް ރަށާ ގުޅިފަ. ދެން ކުރާނެ ކަމަކީ ކޮންމެ ރަށެއް ވަކި ވަކި ކޮށްލާނީ. ވަކިވަކި ކޮށްލީމަ ތިބޭފުޅުންގެ އެއްރަށާ އަނެއްރަށާ އޮތް ގުޅުން ކެނޑިގެންދިޔައީ." ސިއްދީގް ތުހުމަތު ކުރެއްވިއެވެ.

މީގެ އިތުރުން ސިއްދީގް ވިދާޅުވީ، އިންޑިއާއިން އަޅާ ބްރިޖެއްނަމަ ވެއްޓޭނެ ކަމަށާއި، އަދި ބްރިޖް ވެއްޓުމަށްފަހު އިތުރަށް ނުހެދޭނެ ކަމަށެވެ. އަދި މި ސަރުކާރުން އައްޑުއާއި މެދު ކަންކުރާ ގޮތުގެ ސަބަބުން މުސްތަގުބަލު ފެންނަނީ މިފަދަ ގޮތަކަށް ކަމަށް ސިއްދީޤް ވިދާޅުވިއެވެ.