Last Updated: May 2, 12:12
Thursday, May 2, 2024
ޚަބަރު ސިޔާސީ

ކޯލިޝަން އޮތީ ރޫޅިފައި: މަލީހް

މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ސަރުކާރު ކޯލިޝަން ރޫޅިފައިވާކަމަށް، އިތުބާރު ނެތްކަމަށް ފާސްކޮށް މަގާމުން ދުރުކުރި ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.

މަލީހް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ކޯލިޝަން އެގްރީމަންޓްގައި އެއްބަސްވެވިފައިވާނީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާއި ލޯކަލް ކައުންސިލްގެ އިންތިޚާބުވެސް އިއްތިހާދުވެގެން ކުރިއަށް ގެންދިއުމަށްކަމަށެވެ.

"ވައުދު ބޯލާލާޖެހީ އެމްޑީޕީން. ކޯލިޝަން އޮތީ ރޫޅިފަ." މަލީހްގެ ޓްވީޓްގައިވެއެވެ.

މީގެ އިތުރުން މަލީހްގެ ޓްވީޓްގައި ވަނީ ރައްޔިތުންނަށް ވައުދުވީ ކޯލިޝަން އެގްރީމަންޓްއާއި ހިލާފުވެއްޖެނަމަ އިންތިހާބަކަށް ދާންކަމަށެވެ.

ކޯލިޝަން ރޫޅިފައި އޮތްކަމަށް މަލީހް ވިދާޅުވެފައިވަނީ ކޯލިޝަން ލީޑަރުންގެ ފަރާތުން މީޑީއާއަށް ބުނަމުން އަންނަނީ ކޯލިޝަލް ލީޑަރުންގެ ގުޅުން ރަނގަޅުކަމަށެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިންޑިއާގެ ނޫހަކަށް ދެއްވި އިންޓަވިއުއެއްގައި ވެސް ބުނެފައިވަނީ ތަފާތު ފިކުރުތަކާއި އެކު މަސައްކަތްކުރުމަކީ އުނދަގޫ ކަމެއްކަމަށާއި، އެހެންނަމަވެސް ކޯލިޝަނާއި އެކު މަސައްކަތްކުރައްވާނެ ކަމަށެވެ.

މަގާމުން ދުރުކުރި ފަހުން މަލީހް އަންނަނީ ސަރުކާރަށް އަދި ވަކިން ހާއްސަކޮށް މަޖިލީހަށް ފާޑުކިޔަމުންނެވެ.