Last Updated: July 1, 20:14
Wednesday, July 1, 2026
ޚަބަރު

ދޯންޏެއްގައި ހިނގި މާރާމާރީގައި ޒަހަމްވި މީހާ މަރުވެއްޖެ

މަސްދޯންޏެއްގައި ދެ ބިދޭސީންގެ ދެމެދުގައި ހިނގި މާރާމާރިއެއްގައި ޒަހަމްވި މީހާ މަރުވެއްޖެއެވެ.

އެންދަމަން އޮތް ދޯންޏެއްގައި ދެ ބިދޭސީއެއްގެ މެދުގައި ހިނގި މާރާމާރިއެއްގައި އެކަކުގެ ގަޔަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމް ކޮށްލި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ ރޭ 3:50 ހާއިރު ކަމަށް އެ އިދާރާއިން މައުލޫމާތުދެއެވެ.

ފުލުހުން ބުނެފައިވަނީ އަނިޔާވި ބިދޭސީ މީހާ މިއަދު 11:59 ގައި ތ. ވޭމަންޑޫ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް މަރުވެފައިވާ ކަމަށެވެ.

މި މައްސަލައިގައި ވަޅިން ހަމަލާދިން 42 އަހަރުގެ ބަންގްލަދޭޝް މީހާ ހުރީ ފުލުހުންގެ ހައްޔަރުގައެވެ.