Last Updated: July 1, 20:14
Wednesday, July 1, 2026
ޚަބަރު

ބްރިޖުގައި ބޮޑު އެކްސިޑެންޓެއް ހިނގައިފި

ސިނަމާލެ ބްރިޖް-

ސިނަމާލެ ބްރިޖްގައި ބޮޑު އެކްސިޑެންޓެއް ހިނގައިފިއެވެ.

ފުލުހުން ބުނެފައިވަނީ، ބްރިޖްގައި ހަތަރު ކާރާއި ޕިކަޕެއް ޖެހި އެކްސިޑެންޓް ވެފައިވާކަމަށެވެ.

މިކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ 12:14 ހާއިރު ކަމަށާއި، ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަކަމަށެވެ.

މި އެކްސިޑެންޓުގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ސިނަމާލެ ބްރިޖާއި ބްރިޖް ހައިވޭގައި ދޭތެރެ ދޭތެރެއިން އެކްސިޑެންޓް ހިނގައެވެ.