Last Updated: June 8, 15:03
Monday, June 8, 2026
ސިއްހަތު

އެކްސްރޭ މެޝިން ބޭނުމެއް ނުކުރެވި!

ހުޅުމީދޫ ސިއްހީ މަރުކަޒު: ފޮޓޯ/ އިބްރާހީމް ޒުހުރީ

ސ. ހުޅުދޫމީދޫ ސިއްހީ މަރުކަޒަށް ގެންގޮސްފައި ހުރި އެކްސްރޭ މެޝިން ދެ އަހަރު ވީ އިރު ވެސް ބޭނުން ނުކުރާ ކަމަށް އެތަނުން ބުނެފި އެވެ.

އެތަނުން އެކްސްރޭގެ ހިދުމަތް ނުލިބޭތީ ހުޅުމީދޫ މީހުން ދާން ޖެހެނީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށެވެ. އެހެންވެ މީގެ ސަބަބުން ހަރަދާއި ވަގުތުގެ ގޮތުން ވެސް ދަތިތަކެއް ދިމާވަމުންދާ ކަމަށް ސިއްހީ މަރުކަޒުން ބުންޏެވެ.

އެ މަރުކަޒުން ބުނީ އެކްސް ރޭ މެޝިން ބޭނުން ކުރެވޭ ގޮތަށް ހުރި ނަމަ، އާންމު ރައްޔިތުންނަށް ވަރަށް ބޮޑު ލުޔަކަށް ވާނެ ކަމަށެވެ.

އެތަނުން ބުނީ އެކްސްރޭ ގެ ހިދުމަތް ނުދެވެނީ މެޝިންގެ މައްސަައަކުން ނޫން ކަމަށެވެ.

އެހެން ނަމަވެސް މެޝިން ބަހައްޓާނެ އެކަށީގެންވާ ޖާގައެއް ސިއްހީ މަރުކަޒުގައި ނެތުމުން މިހާތަނަށް މެޝިން ބޭނުން ނުކުރެވި ހުރީ ކަމަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ބުންޏެވެ.