Last Updated: July 1, 19:17
Wednesday, July 1, 2026
ޚަބަރު

މަޖިލީހުގައި އަންހެނުން ބައިވެރިވާ މިންވަރު އިތުރުކުރަންޖެހޭ: ރައީސް ނަޝީދު

ރައީސް މުހައްމަދު ނަޝީދު-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވާ އަންހެނުންގެ މިންވަރު އިތުރުކުރަން މަސައްކަތްކުރަން ޖެހޭކަމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އަންހެނުންގެ ދުވަހާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ސިޔާސީ ދާއިރާގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރަންޖެހޭ ކަމަށެވެ. އަދި އެކަމަށްޓަކައި ސިޔާސީ ޕާޓީތަކަށް އިސްދައުރެއް އަދާކުރެވޭނެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

މަޖިލީހުގައި އަންހެނުން ޝާމިލުވާ މިންވަރު އިތުރުކުރުމަށް އެންމެންވެސް މަސައްކަތްކުރަން ޖެހޭކަން ފާހަގަކޮށް ރައީސް ނަޝީދު ވިދާޅުވީ ޕާޓީތަކުން އަންހެނުންނަށް ފަސޭހައިން ޓިކެޓް ލިބޭނެ އިންތިޒާމް ހަަމަޖެހިފައިވާނަމަ، އަންހެނުން ތަމްސީލުވާލެއް ގިނަވާނެ ކަމަށެވެ.

އެމްޑިޕީއަށް ނިސްބަތްވާ ހަތަރު އަންހެން މެމްބަރުން މަޖިލީހުގައި ތިބިކަން ފާހަގަކޮށް ރައީސް ނަޝީދު ވަނީ މަޖިލިސް ޕްރައިމަރީގައި ޓިކެޓު ގެއްލިގެން ދިޔަ އަންހެން ބޭފުޅުން ފަހަތަށް ޖެހިވަޑައިނުގަތުމަށް އިލްތިމާސްކޮށްފައެވެ.