ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި މެމްބަރުންނަށް ނިސްބަތްކޮށް ބޭއަދަބީ ބަސް ބޭނުންކުރި މައްސަލައިގައި ނޮޅީވަރަމު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު (މޮސްޓާ)އަށް މަޖިލީހުން ނަސޭހަތްތެރިވެއްޖެއެވެ.
މަޖިލީހުގެ މެމްބަރުންގެ ވަޓްސްއެޕް ގްރޫޕުގައި އަވަގުރާނަ ގޮވި މައްސަލައިގައި މޮސްޓާއަށް ނަސޭހަތްތެރިވުމަށް އިމްތިޔާޒާއި ސުލޫކު ކޮމިޓީން އޮތީ ނިންމާފައެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މަޖިލީހުގެ ގަވައިދާއި ޝަރަފާއި އަބުރު ދެމެހެއްޓޭނެހެން މެމްބަރުންގެ އަމަލުތައް ދެމެހެއްޓުމަށްޓަކައި މިފަދަ ކަމެއް ތަކުރާރު ނުކުރެއްވުމަށް ނޮޅިވަރަށް މެމްބަރަށް ނަސޭހަތްތެރިވާ ކަމަށެވެ. އަދި ލިޔުމުންވެސް ނަސޭހަތްތެރިވާނެ ކަމަށް ވިދާޅުވިއެވެ.