Last Updated: July 22, 18:06
Wednesday, July 22, 2026
ޚަބަރު

އެމްޑީޕީ ކެންޑިޑޭޓުންނާއި އައްޑޫ ކައުންސިލުން ބައްދަލުކޮށްފި

އަންނަ މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރާ އެމްޑީޕީގެ ކެންޑިޑޭޓުންނާއި އައްޑޫ ސިޓީ ކައުންސިލުން ބައްދަލުކޮށްފިއެވެ.

ރޭ އީކުއޭޓަރ ވިލެޖު، ބުލޫ ލެގޫންގައި ބޭއްވި ބައްދަލުވުމުގައި އައްޑޫ ކައުންސިލްގެ ފަރާތުން މޭޔަރ އަބްދުﷲ ސޯދިގު (ސޯބެ) ވަނީ އައްޑޫގައި މިހާރު ކުރިއަށްގެންދާ މަޝްރޫޢުތަކާއި، ކުރިއަށް އޮތް ތަނުގައި ހިންގުމަށް ރާވާފައިވާ މަޝްރޫޢުތަކާ ގުޅޭ މަޢުލޫމާތު ކެންޑިޑޭޓުންނަށް ދެއްވާފައެވެ.

މި ބައްދަލުވުމަށް އެމްޑީޕީ ޓިކެޓުގައި އައްޑޫ ކައުންސިލަށާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް ވާދަކުރާ ކެންޑިޑޭޓުން ބައިވެރިވިއެވެ. މި ބައްދަލުވުމާއި ގުޅޭގޮތުން އައްޑޫ ސިޓީ ކައުންސިލުން ބުނީ މިއީ އެމްޑީޕީ ކެންޑިޑޭޓުން އެދިގެން އެފަރާތްތަކަށް މައުލޫމާތު ދިނުމަށް ބޭއްވި ބައްދަލުވުމެެއް ކަމަށެވެ.

އައްޑޫ ސިޓީ ކައުންސިލްގެ މިހާރު ތިއްބަވާ 7 ކައުންސިލަރުންނަކީވެސް އެމްޑީޕީއަށް ނިސްބަތްވާ ކައުންސިލަރުންނެވެ.