ރާއްޖެއިން ބޭރުންނާއި ރާއްޖެއިން މަތީ ތައުލީމު ހޯދުމަށް ބޭނުންވާ ދަރިވަރުންނަށް ސަރުކާރުން ދޫކުރާ ލޯނަށް 1100 އަށްވުރެއް ގިނަ ފަރާތުން އެޕްލިކޭޝަން ފޯމް ހުށަހަޅައިފިއެވެ.
ހަޔަ އެޑިއެކޭޝަން މިނިސްޓަރ ޑރ. އިބްރާހިމް ހަސަން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަތީ ތައުލީމާއި ތަމްރީނު ހޯދުމަށްއެދި ލޯނުގެ ފުރުސަތަށް 1176 ފަރާތުގެ އެޕްލިކޭޝަން ހުށަހަޅާފައިވާކަމަށެވެ.
އެޕްލިކޭޝަންތައް ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީގެ މުވައްޒިފުން ވަޒަންކުރާނީ ތެދުވެރިކަމާއި އިޚުލާސްތެރިކަމާއިއެކު ގެޒެޓްކުރެވިފައިވާ އުސޫލާއި އެއްގޮތްވާގޮތުގެ މަތިން އެއްވެސް ސިޔާސީ ނުފޫޒެއްނެތި ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެެވެ.
މަތީ ތަޢުލީމާއި ތަމްރީނު ހޯދުމަށްއެދި ލޯނުގެ ފުރުސަތަށް ކުރިމަތިލި 1176 ފަރާތުގެ އެޕްލިކޭޝަންތައް ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީގެ މުވައްޒިފުން ވަޒަންކުރާނީ ތެދުވެރިކަމާއި ޢީޚުލާޞްތެރިކަމާއިއެކު ގެޒެޓްކުރެވިފައިވާ އުސޫލާއި އެއްގޮތްވާގޮތުގެ މަތިން އެއްވެސް ސިޔާސީ ނުފޫޒެއްނެތިއެވެ!
— Ibrahim Hassan, PhD (@DrChubby) March 8, 2021
ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ލޯނަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ އަލަށް ކިޔަވާ 299 ދަރިވަރެއްގެ އިތުރުން މިހާރު ކިޔަވަމުންދާ 471 ދަރިވަރަކަށެވެ. ލޯނަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލާފައި އޮތީ މާޗް ހަތަރު ވަނަ ދުވަހުގެ ނިޔަލަށެވެ.