Last Updated: July 1, 19:17
Wednesday, July 1, 2026
ޚަބަރު

ފުވައްމުލަކުގައި އަޅާ މިސްކިތް އިމާރާތްކޮށްދޭގެނެ ފަރާތެއް ހޯދުމަށް އިއުލާނުކޮށްފި

ފުވައްމުލަކު ސިޓީގައި އަޅާ މަސްޖިދުލް ހުދާ އިމާރާތްކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި އިއުލާނު ބާތިލުކޮށް އަލުން ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މި މަސައްކަތަށް ޝަރުތުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ ނެޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އެން.ސީ.ބީ) އުސޫލުގެ މަތިން ކަމަށް ފިނޭންސް މިނިސްޓްރީން މައުލޫމާތުދެއެވެ.

ފިނޭންސް މިނިސްޓްރީން ބުނެފައިވަނީ މި ބީލަންތަކުގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ،ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ "ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާފަރާތްތަކުގެ ގަވާއިދު" ގައިވާ ގޮތުގެމަތީން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށް ކަމަށެވެ. ރާއްޖެއިންބޭރު ކުންފުނިތަކުން "ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާފަރާތްތަކުގެ ގަވާއިދު"ގައި މި މަރުހަލާގައި ރަޖިސްޓްރީވާކަށް ނުޖެހޭނެ ކަމަށާއި، ނަމަވެސް، ރާއްޖޭން ބޭރު ކުންފުނިތަކުން "ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާފަރާތްތަކުގެ ގަވާއިދު" ގެ 13 ވަނަ މާއްދާގައި ބަޔާންކުރާ ލިޔެކިއުންތައް ބީލަމާއެކު ހުށަހަޅަން ވާނެ ކަމަށް އިއުލާނުގައިވެއެވެ.

ފިނޭންސް މިނިސްޓްރީން ބުނެފައިވަނީ މިބީލަމުގައި ބައިވެރިވުމަށް  -/500 ރުފިޔާގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހޭނެކަމަށެވެ. އަދި ފައިސާ ބަލައިގަންނާނީ 7 މާރިޗު އިން 4 އެޕްރީލު އަށް، ފިނޭންސް މިނިސްޓްރީގެ އޮންލައިން ޕޭމަންޓް ޕޯޓަލް – ބަނޑޭރި ޕޭ  މެދުވެރިކޮށްކަމަށެވެ.

ބީލަން ހުޅުވުން އޮންނާނީ 5 އޭޕްރީލު ވާ ހޯމަ ދުވަހުގެ 13:00 ގައި މިނިސްޓްރީގެ ނެޝަނަލް ޓެންޑަރގެ ޖަލްސާކުރާ މާލަމުގައި ކަމަށް ފިނޭންސް މިނިސްޓްރީން މައުލުމާތުދެއެވެ.