Last Updated: April 24, 06:35
Wednesday, April 24, 2024
ޚަބަރު ރައްޔިތުންގެ މަޖިލީސް

އިންތިހާބު ބޭއްވުމަށް އިތުރު 29 މިލިއަން ދޭން ފާސްކޮށްފި

ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުމަށް އިތުރު 29 މިލިއަން ރުފިޔާ އިލެކްޝަންސް ކޮމިޝަން (އީސީ)އަށް ދޭން މާލިއްޔަތު ކޮމިޓީން ފާސްކޮށްފިއެވެ.

މިއަދު ކުރިއަށްގެންދިޔަ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް ހުށަހަޅުއްވާފައިވަނީ އިންތިހާބު ބޭއްވުމަށް އިތުރަށް ބޭނުންވާ 29.8 މިލިއަން ރުފިޔާ އިލެއްކްޝަންސް ކޮމިޝަނަށް ދޫކުރުމަށެވެ. އެހެންނަމަވެސް އެފައިސާ ހަރަދުކުރަންޖެހޭނީ ކޮންމެހެން ކުރަންޖެހޭ ހަރަދުތަކަށް ކަމަށެވެ.

މި ހުށަހެޅުން މާލިއްޔަތު ކޮމިޓީން ފާސްކޮށްފައިވަނީ ކޮމިޓީ ބައްދަލުވުމުގައި ބައިވެރިވި މެމްބަރުންގެ އިއްތިފާގުންނެވެ.

އޭޕްރިލް 10 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބަށް އިތުރަށް ބަޖެޓް ބޭނުންވާ ކަމަށާއި، އަދި ބަޖެޓް ނުލިބެއްޖެ ނަމަ އިންތިހާބު ނުބޭއްވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ މީގެ ކުރިން ބުނެފައެވެ.

މީގެ އިތުރުން އިންތިހާބުގެ ކެމްޕޭނަށް ހަމަހަމަ ފުރުސަތު ލިބޭނެގޮތަށް އަމަލުކުރުމަށް އެޗްޕީއޭއިން ގައިޑްލައިނަށް ލުއި ގޮތްތަކެއް ހޯދައިދިނުމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީންވަނީ އެޗްޕީއޭގެ ކިބައިން އެދިފައެވެ. ކޮމިޓީން މިފަދައިން އެޗްޕީއޭގެ ކިބައިން އެދިފައިވަނީ ގައިޑްލައިންގެ ސަބަބުން ކެމްޕޭނު ކުރުމަށް ހަމަހަމަ ފުރުސަތު ނުލިބޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ތަކުރާރުކޮށް ފާހަގަކުރަމުން ދިއުމާއި ގުޅިގެންނެވެ.