Last Updated: July 1, 18:18
Wednesday, July 1, 2026
ޚަބަރު

މޯލްޑިވް ގޭސް ގެ ޑީއެމްޑީ އިކްރާމް އިސްތިއުފާދެއްވައިފި

ކޮރަޕްޝަންގެ ބޮޑު ތުހުމަތެއް ކޮށްފައިވާ މޯލްޑިވް ގޭސްގެ ޑިއެމްޑީ އަލީ އިކްރާމް މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

އިކްރާމް މަގާމުން އިސްތިއުފާ ދެއްވާފައިވަނީ ރޭގެ ވަގުތެއްގައެވެ. މައުލޫމާތު ލިބިފަިއވާ ގޮތުގައި އިކްރާމް މަގާމުން އިސްތއިުފާ ދެއްވާފައިވަނީ އަމިއްލަ ސަބަބުތަކާއި ގުޅިގެންނެވެ. އިކްރާމް މަގާމުން އިސްތިއުފާ ދެއްވިއިރު އޭނާއާއި ގުޅޭ ދެ މައްސަލައެއް ރައްޔިތުންގެ މަޖިލީހުން އަންނަނީ ބަލަމުންނެވެ.

މޯލްޑިވް ގޭސް ހިންގެވުމާ ހަވާލުވެ ހުންނެވި އިކްރާމާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަރޕްރައިޒަސް (އެސްއޯއީ) ކޮމިޓީއިން ބަލަމުން އަންނަނީ ރާއްޖެއަށް އޮކްސިޖަން ސިލިންޑަރު ގެނައުމުގައި މޯލްޑިވް ގޭހުން ހިނގިކަމަށް ތުހުމަތުކުރާ ހިޔާނާތުގެ މައްސަލައަކާ މޯލްޑިވް ގޭސްގެ މުވައްޒިފުންތަކަކަށް އިކްރާމް ޖިންސީ ފުރައްސާރަކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެކެވެ.

މޯލްޑިވް ގޭސްގެ މައްޗަށް ތުހުމަތު ކުރެވޭ ހިޔާނާތް 16 މިލިއަން ރުފިޔާއަށް އަރައެވެ. ކޮވިޑް-19 އާ ގުޅިގެން 4،128 އޮކްސިޖަން ސިލިންޑަރު ގެނައުމުގައި ހިޔާނާތްތެރިވެފައިވާ ކަމަށް ތުހުމަތު ކުރަނީ މޯލްޑިވް ގޭސްގެ ޑީއެމްޑީ އަލީ އިކްރާމްގެ މައްޗަށެވެ.