Last Updated: May 2, 17:34
Thursday, May 2, 2024
ޚަބަރު ސިޔާސީ

ޖަޒީރާ މެނިފެސްޓޯއަކީ ފިނި މޫސުމުގެ ހުވަފެނެއް: ސައީދި

މުހައްމަދު ސައީދު - ފޮޓޯ: މަޖިލިސް

ޖަޒީރާ މެނިފެސްޓޯއަކީ ފިނި މޫސުމުގެ ހުވަފެނެއް ކަމަށް މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ސައީދު މިފަދައިން ޓްވީޓް ކޮށްފައިވަނީ މާލޭގެ ރައްޔިތުންނަށް ބިން ދިނުމަށް އިތުރު ބިމެއް ހިއްކުމަށް ސަރުކާރުން މަސައްކަތް ކުރައްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމުން އެކަމަށް ރައްދުދެއްވައެވެ.

ރައީސް ނަޝީދުގެ ވާހަކައަށް ރައްދު ދެއްވާ ސައީދު ވަނީ، "އިންތިހާބާއި ގާތްވުމުން ފެނުން މައްޗަށް ސިޓީތައް އުފުލުމަކީ ތަރައްޤިގެ އަޖައިބެއްތޯ" ސުވާލު ކުރައްވާފައެވެ.

އަދި ވިދާޅުވީ ޖަޒީރާ މެނިފެސްޓޯއަކީ ފިނި މޫސުމުގެ ހުވަފެނެއް ކަމަށެވެ.