Last Updated: July 1, 18:18
Wednesday, July 1, 2026
ޚަބަރު

ކ. އަތޮޅުން ލ. އަތޮޅަށް ވައިޓް އެލާޓް، ބޯކޮށް ވާރޭ ވެހޭނެ!

މޫސުން ގޯސް ދުވަހެއްގައި ބަރޮސް މޯލްޑިވްސް - ފޮޓޯ: ޓްރިޕް އެޑްވައިޒަރ

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މެދުރާއްޖެ ތެރޭގެ ހިސާބުތަކަށް ވައިޓް އެލާޓް ނެރެފިއެވެ.

މޫސުމާބެހޭ ގައުމީ އިދާރާއި ވައިޓް އެލާޓް ނެރެފައިވަނީ ކ. އަތޮޅުން ފެށިގެން ލ. އަތޮޅާއި ދެމެދުގެ ހިސާބުތަކަށް މެންދުރު 12:15 އިން ފެށިގެން ހަވީރު 05:00 އާއި ހަމައަށް ކަމަށެވެ.

މެޓް އޮފީހުން ބުނެފައިވަނީ މިވަގުތުގައި ބޯކޮށް ވާރޭ ވެހުމާއި އެކު ގުގުރުމަކީ އެކަށީގެންވާކަމެއްކަމަށެވެ.

މެޓް އޮފީހުން ރާއްޖޭގެ މޫސުން ކުރިއަށް އޮތް 24 ގަޑިއިރަށް ލަފާކުރާ ގޮތަށް ބަލާލާއިރު، ރާއްޖޭގެ އެކިހިސާބަށް ވިއްސާރަ ކުރުމާއެކު ގުގުރާނެ ކަމަށާއި، އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށް ލަފާކޮށްފައިވެއެވެ.