Last Updated: March 28, 21:55
Thursday, March 28, 2024
ޚަބަރު ރައީސް ސޯލިހު

މިއަދު ހަވީރު ރައީސް ޕްރެސް ކޮންފަރެންސެއް ދެއްވަނީ!

ޖޫން 23, 2020, ރައީސް އޮފީހުގައި ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން-- ފޮޓޯ : ރައީސް އޮފީސް

މިއަދު ހަވީރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ޕްރެސް ކޮންފަރެންސެއް ދެއްވާނެކަން ހާމަކޮށްފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒު ވިދާޅުވެފައިވަނީ ރައީސް ޕްރެސްއާ ބައްދަލު ކުރައްވާނީ މިއަދު ހަވީރު 04:00 ގައި ކަމަށެވެ.

އޮންލައިންކޮށް ކުރިއަށްގެންދާ ޕްރެސްކޮންފަރެންސް ޓީވީތަކުން ވަގުތުން ދައްކާނެއެވެ.

ރައީސް ސޯލިހް އެންމެ ފަހުން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަވާފައިވަނީ މިދިޔަ އަހަރުގެ ޖޫން މަހުގެ 23 ވަނަ ދުވަހުއެވެ.