ސްޓެލްކޯ މުވައްޒަފުންނަށް ފްލެޓް ދިންގޮތް މުރާޖާ ކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
ސްޓެލްކޯއާއި ގުޅިގެން މަޖިލީހުގެ ސްޓޭޓް އޯން އެންޓަޕްރައިސް ކޮމެޓީ (އެސްއޯއީ) ބެލި މައްސަލަ ދިރާސާކުރުމަށް ފަހު ހުށަހެޅި ރިޕޯޓަށް މިއަދު މަޖިލީހުގައި ވޯޓަށް އަހާފައިވާއިރު އެ ރިޕޯޓް ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވި 52 މެމްބަރުންގެ ވޯޓުންނެވެ.
ސްޓެލްކޯއާއި ގުޅޭގޮތުން ބެލި މައްސަލަތަކަށް ފަހު އެކުލަވާލި ރިޕޯޓްގައި ބުނެފައިވަނީ، ފްލެޓްތައް ދިންއިރު އެ ކުންފުނީގައި ގިނަ ދުވަހު މަސައްކަތް ކުރި މީހުންނަށާއި އަދި ދަތި ހާލުގައި އުޅޭ މީހުންނަށް ހަނިވާގޮތަށް ފްލެޓްތައް ދީފައިވާ ކަމަށެވެ. އަދި އެ ކުންފުނީގައި ތިން މަސްނުވާ މުވައްޒަފުންނާއި ފްލެޓްދީފައިވާ ކަމަށާއި އަދި ފްލެޓް ދިނުމުގެ ބޭނުމުގައި ބައެއް ފަރާތްތަކަށް ވަޒީފާ ދީފައިވާކަމަށް ރިޕޯޓްގައިވެއެވެ.
އެހެންކަމުން ސްޓެލްކޯގެ މުވައްޒަފުންނަށް ފްލެޓްދިފައިވާގޮތް މުރާޖާކުރުމަށް ކޮމިޓީ ރިޕޯޓްގައި ހުށަހަޅާފައިވެއެވެ.