Last Updated: April 25, 11:25
Thursday, April 25, 2024
ޚަބަރު

ހިތަދޫގައި ކަތިވަޅިއަކުން ހަމަލާދީ މީހެއްގެ ބޯ ފަޅާލައިފި

ހިތަދޫ ބޮޑު މަގު، ފޮޓޯ: ރިޗީ

އައްޑޫ ސިޓީ ހިތަދޫގައި ކަތިވަޅިއަކުން ހަމަލާދީ މީހެއްގެ ބޯ މިރޭ ފަޅާލައިފިއެވެ.

މި ހާދިސާ ހިނގާފައިވަނީ މިރޭ ގާތްގަނޑަކަށް 12:45 ހާއިރު ހިތަދޫ ބޮޑުމަގުގައި ހުންނަ މަސްޖިދުއް ތަގްވާ (ހުސެއިން މޫސާ) މިސްކިތް ހުންނަ ސަރަހައްދުގައެވެ. މި ހާދިސާގައި ކަތިވަޅިން ހަމަލާދީ ދިން މީހާގެ ބޯ ފަޅައިގެންދިޔަ ނަމަވެސް އޭނާ ވަނީ ސައިކަލަކުން އެ ސަރަހައްދު ދޫކޮށް ގޮސްފައެވެ.

މިއީ އައްޑޫގައި މިއަދު ހިނގި ދެވަނަ މާރާމާރީއެވެ. އެގޮތުން ފުރަތަމަ މާރާމާރީ ހިނގީ ފޭދޫ ކުޑަކުދިންގެ ޕާކު ހުންނަ ސަރަހައްދުގައި ކަމަށްވާއިރު، ދެ ގްރޫޕެއްގެ ދެމެދުގައި ހިނގި އެ މާރާމާރީގައި ހަތް މީހަކަށް ވަނީ އަނިޔާވެފައެވެ. އެ މީހުންނަށް އަންނަނީ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ.

މި ދެ މަރާމާރީއާ ގުޅިގެން އެއްވެސް މީހަކު މިހާތަނަށް ހައްޔަރުކޮށްފައެއް ނުވެއެވެ.

މި މައްސަލަތައް ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.