Last Updated: April 25, 17:42
Thursday, April 25, 2024
ޚަބަރު ސިޔާސީ

އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހަށް ކުރިމަތިލާން ހުޅުވާލައިފި

އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން އަބްދުﷲ

ޢަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހަށް ޤައުމީ މަޖިލީހުން އިންތިޚާބުކުރާ 12 މެމްބަރުންގެ މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އަދާލަތު ޕާޓީން ބުނެފައިވަނީ ޕާޓީގެ ދުސްތޫރުގެ 13.1 ގެ (ރ) އާއި 17.2 ގެ (މ)ގެ ދަށުން ޢަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހަށް ޕާޓީގެ ޤައުމީ މަޖިލީހުން އިންތިޚާބުކުރަން ޖެހޭ 12 މެންބަރުންގެ މަޤާމަށް ކުރިމަތިލުމަށްޓަކައި ހުޅުވާލައި އާއްމުކޮށް އިއުލާނު ކުރާކަމަށެވެ.

އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިއަދު މެންދުރުފަހުގެ 14:00 އާއި ހަމައަށެވެ.

މި މަޤާމަށް ކުރިމަތިލާ މެމްބަރުންނަކީ އުމުރުން 40 އަހަރުވެފައިވެފައިވާ، އަދާލަތު ޕާޓީގެ މެމްބަރެއްގެ ގޮތުގައި މެދުނުކެނޑި 10 އަހަރު ވެފައިވެފައިވާ، ޕާޓީގެ ސުލޫކު ކޮމިޓީއިން ފާއިތުވި 3 އަހަރުތެރޭގައި ފިޔަވަޅުއަޅާފައިނުވާ އަދި އިސްލާމީ ޝަރީޢަތުގައި ހައްދު ކަނޑައެޅިފައިވާ ކުށެއް ކުރިކަން ފާއިތުވި 10 އަހަރުތެރޭގައި ސާބިތުވެފައި ނުވާ ފަރާތަކަށް ވާންޖެހެއެވެ.

އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިހާރު ކުރިއަށްދާ އެ ޕާޓީގެ ޤައުމީ މަޖިލީހުގެ ބައްދަލުވުމުގެ ތެރެއިންނެވެ.