Last Updated: July 1, 14:02
Wednesday, July 1, 2026
ޚަބަރު

ފޭދޫ މާރާމާރިއާ ގުޅިގެން ފަސް މީހުން ހައްޔަރުކޮށްފި

އައްޑޫ ސިޓީ ހިތަދޫ | ފޮޓޯ: އަލީ އިބްރާހިމް

އައްޑޫސިޓީ ފޭދޫގައި ހިންގި މާރާމާރިއާ ގުޅިގެން ފަސް މީހުން ހައްޔަރުކޮށްފިއެވެ.

ފޭދޫ ކުޑަކުދިންގެ ޕާކު ސަރަހައްދުގައި ދެ ގްރޫޕެއްގެ މެދުގައި މާރާމާރިއެއް ހިންގާފައިވަނީ ބްރާސްފަތި ދުވަހުއެވެ.

ފުލުހުން ބުނެފައިވަނީ މި މައްސަލައާއި ގުޅިގެން ހޮނިހިރު ދުވަހު ކޯޓު އަމުރެއްގެ ދަށުން ދިވެހި ފަސް ފިރިހެނުން ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެމީހުންގެ ތެރޭގައި ހިމެނެނީ 18 އަހަރު، 20 އަހަރު، 21 އަހަރުގެ ދެ މީހުން އަދި 32 އަހަރުގެ މީހެކެވެ. ފުލުހުން ބުނެފައިވަނީ މިމައްސަލަ އައްޑޫސިޓީ ގަން ފުލުހުން ތަހުގީގު ކުރަމުން އަންނަކަމަށެވެ.

މި މަރާމާރީގައި ހަތް މީހަކަށް އަނިޔާވެފައިވާއިރު، އެ މީހުންގެ ތެރެއިން ބައެއް މީހުންނަށް ފޭދޫ ހެލްތު ސެންޓަރުގައި އަދި ދެން ތިބި މީހުންނަށް ހިތަދޫ ހޮސްޕިޓަލުގައި ފަރުވާދީފައިވެއެވެ.