Last Updated: July 21, 18:02
Wednesday, July 22, 2026
ޚަބަރު ރައީސް މައުމޫން

ރާއްޖެ ކުރިއަށްދާނީ ޤައުމީ އަދި އިސްލާމީ ވިސްނުމުގައި: ރައީސް މައުމޫން

އެމްއާރްއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް

ދިވެހިރާއްޖެ ކުރިއަށްދާނީ ޤައުމީ އަދި އިސްލާމީ ވިސްނުމުގައި ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސް މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖެ ވޭތުވެދިޔަ ދިގުމުއްދަތުގައި ކުރިއަށް ދިޔައީ ޤައުމީ އަދި އިސްލާމީ ވިސްނުމުގައި ކަމަށެވެ.

އަދި މުސްތަޤްބަލުގައިވެސް ރާއްޖެ ކުރިއަށްދާނީ ޤައުމީ އަދި އިސްލާމީ ވިސްނުމުގައި ކަމަށް ވިދާޅުވިއެވެ.

ރައީސް މައުމޫން މިފަދައިން ޓްވީޓްކުރެއްވި ނަމަވެސް މިކަމާއި ގުޅިގެން އިތުރުއެއްޗެއް ވިދާޅުވެފައެއް ނުވެއެވެ. އެހެންނަމަވެސް އިދިކޮޅުން އަބަދުވެސް އެމްޑީޕީއަށް ދީނާ ދުރު ފިކުރުތައް ގެންގުޅޭކަމަށް ތުހުމަތުކުރެއެވެ.