Last Updated: July 1, 14:02
Wednesday, July 1, 2026
ޚަބަރު

ޖޫރިމަނާ ކުރުމަށްފަހު ހައްޔަރުކުރި 25 މީހުން ދޫކޮށްލައިފި

އަދުރޭ ފުލުހުންގެ ބެލުމުގެ ދަށުގައި - ފޮޓޯ: އަލީ ވިސާމް

އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަނުން އިއްޔެ ބޭއްވި މުޒާހަރާގައި ހައްޔަރުކުރި މީހުން ދޫކޮށްލައިފިއެވެ.

އެޗްޕީއޭގެ ގައިޑްލައިނާއި ހިލާފަށް އިދިކޮޅުން އިއްޔެ މާލޭގެ އެކި ސަރަހައްދުތަކުގައި ބޭއްވި މުޒާހަރާތަކުގެ ތެރެއިން ފުލުހުންގެ ބެލުމުގެ ދަށަށް 25 މީހުން ގެންގޮސްފައިވެއެވެ. އޭގެތެރޭގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ހިމެނިވަޑައިގަންނަވައެވެ.

ފުލުހުން ބުނެފައިވަނީ ހައްޔަރުކުރި މީހުންގެ މިއަދު މެންދުރު ދޫކޮށްލާފައިވާކަމަށެވެ. އަދި އެމީހުން އެޗްޕީއޭގެ ގައިޑްލައިނާއި ހިލާފުވެފައިވާތީ ޖުރިމަނާ ކޮށްފައިވާކަމަށްވެސް ބުނެފައިވެއެވެ.

މާލެ ސަރަހައްދުގައި ކޮވިޑް-19 ގެ ހާލަތު ގޯސްވެފައިވާއިރު އެޗްޕީއޭއިން ވަނީ ފަސް މީހުނަށްވުރެއް ގިނައިން އެއްނުވުމަށް ގައިޑްލައިނެއް ނެރެފައެވެ. އެހެންނަމަވެސް އިދިކޮޅުން އަންނަނީ ކޮންމެ ހުކުރު ދުވަހަކުވެސް މާލޭގައި މުޒާހަރާތައް ބާއްވަމުންނެވެ.