ރާއްޖޭގެ އުތުރުގެ ސަރަހައްދުތަކަށް ވައިޓް އެލާޓް ނެރެފިއެވެ.
މުސުމާ ބެހޭ ޤައުމީ އިދާރާއިން ހއ. އަތޮޅުން ޅ. އަތޮޅާއި ދެމެދުގެ ސަރަހައްދުތަކަށް ވައިޓް އެލާޓް ނެރެފައިވަނީ މެންދުރުފަހު 03:00 އިން ފެށީގެން މިރޭ 08:00 އާ ހަމައަށެވެ.
މެޓް އޮފީހުން ބުނެފައިވަނީ މިވަގުތުތަކުގައި އެސަރަހައްދު ތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
Alert White for heavy rain and thunderstorms. pic.twitter.com/NKvHpMhRah
— Maldives Meteorology (@MetMaldives) March 13, 2021
ފާއިރުވި ދެ ދުވަހެއްގައި ރާއްޖޭގެ ބޮޑު ބަޔަކަށް މެޓް އޮފީހުން ވައިޓް އެލާޓް ނެރެފައިވެއެވެ.