ބޭސްފަރުވާ ބޭނުންވެފައިވާ ފަރާތްތަކަށް ދައުލަތުން އެހީތެރިކަން ފޯރުކޮށްދޭ ކަމަށް ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ސަމީރު ވިދާޅުވެއްޖެއެވެ.
ސަމީރު މިފަދައިން ވިދާޅުވެފައިވަނީ ސީލިންގެއްދަށުގެ ފައިބުރިކޮށްލުމުން ފަޔެއް ޖަހަން ބޭނުންވި ކުއްޖާއަށް އާސަންދައިން އެހީތެރިކަން ފޯރުކޮށްދޭނެކަން ހާމަކުރުމާގުޅިގެންނެވެ.
ސަމީރް ކުރި ޓްވީޓްގައި ބުނެފައިވަނީ ބޭސްފަރުވާ އަށް ބޭނުންވެފައިވާ ފަރާތްތަކަށް ދައުލަތުގެ އެހީތެރިކަން ދަނީ ފޯރުކޮށްދެމުން ކަމަށެވެ. އެގޮތުން އާސަންދަ، އެންސްޕަރ އަދި ޒަކާތުފަންޑުން ގިނަގުނަ އެހީތެރިކަން ފޯރުކޮށްދެމުން ދާކަމަށް ވިދާޅުވިއެވެ. އަދި އާންމު ފަރުދުންގެ އެހީތެރިކަމަށް އެދެނީ ދައުލަތުން އެކަން ނުކޮށްދީގެން ކަމަށް ބެލުމުގެ ޖާގައެއް ނެތް ކަމަށް ވެސް ސަމީރު ވިދާޅުވިއެވެ.
ބޭސްފަރުވާ އަށް ބޭނުންވެފައިވާ ފަރާތްތަކަށް ދައުލަތުގެ އެހީތެރިކަން ދަނީ ފޯރުކޮށްދެމުން. އާސަންދަ، އެންސްޕަރ އަދި ޒަކާތުފަންޑުން ގިނަގުނަ އެހީތެރިކަން ދަނީ ފޯރުކޮށްދެމުން. އާންމު ފަރުދުންގެ އެހީތެރިކަމަށް އެދެނީ ދައުލަތުން އެކަން ނުކޮށްދީގެން ކަމަށް ބެލުމުގެ ޖާގައެއް ނެތް. pic.twitter.com/nehCcdN9aq
— Ahmed Sameer (@meeraazu) March 14, 2021
މިފަހަކަށް އައިސް ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ދާންޖެހިފައިވާ ފަރާތްތަކުން އަންނަނީ ސޯޝަލް މީޑިއާގައި އާންމުންގެ އެހީތެރިކަމަށް އެދެމުންނެވެ. އަދި އެގޮތަށް އެދޭ މީހުން އަދަދު އިތުރުވަމުން އަންނައިރު އެކަމުގެ ސަބަބުން ބައެއް ފަރާތްތަކުން އަންނަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ.