Last Updated: April 19, 22:14
Friday, April 19, 2024
ޚަބަރު ސިޔާސީ

ޖޭޕީން ކޯލިޝަން ޕާޓްނަރުންނަށް ޖެއްސުންކުރާ މައްސަލަ ބަލަންޖެހޭ: ނިހާދު

ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު - ފޮޓޯ: މަޖިލިސް

ޖުމްހުރީ ޕާޓީން ސަރުކާރު ކޯލިޝަންގެ އެހެން ބައިވެރިންނަށް ޖެއްސުން ކުރާ ކަމަށާއި، އެކަން ބަލަންޖެހޭކަމަށް ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދް ވިދާޅުވެއްޖެއެވެ.

ނިހާދް މިފަދައިން ވިދާޅުވެ ޓްވީޓް ކުރައްވާފައިވަނީ ޖޭޕީގެ ކައުންސިލް މެމްބަރު މުހައްމަދު ސައީދު (ބޮކި ސައީދު) ކުރި ޓްވީޓަކަށް ރައްދުދެއްވައެެވެ.

އެގޮތުން އިއްޔަ އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު، ނައިބު ރައީސް ފައިސަލް ނަސީމާއި ބައްދަލުކޮށް ކުރެއްވި ޓްވީޓަށް ރައްދުދެއްވާ ސައީދު ކުރި ޓްވީޓްގައި ބުނެފައިވަނީ، ބޮޑެތި ސިޓީތަކުން އެމްޑީޕީއަށް މެޖޯރިޓީ ނުލިބޭނެކަން ޔަގީންވުމުން ގޮތް ހުސްވެފައިވާކަމަށެވެ. އަދި ކައުންސިލް އިންތިހާބުގައި މާފަންނު ހުޅަނގު ދާއިރާއިން އެމްޑީޕީއަށް އަލްވަދާއު ކިޔާނެ ކަމަށް ބުނެފައިވެއެވެ.

ސައީދުގެ ޓްވީޓަށް ރައްދު ދެއްވާ ނިހާދު ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވަނީ، ޖުމްހޫރީ ޕާޓީން ކޯލިޝަން ޕާޓްނަރުންނަށް "ޖެއްސުންކޮށް ފުރައްސާރަކުރަމުންދާ މައްސަލަ ބަލަންޖެހޭ" ކަމަށެވެ.

ޖޭޕީގެ ބައެއް މެމްބަރުންނާއި އެމްޑީޕީގެ ބައެއް މެމްބަރުންގެ މެދުގައި ސޯޝަލް މީޑިއާގައި އަބަދުވެސް ދެބަސްވުން އުފެދޭތަން ފެނެއެވެ.