Last Updated: June 8, 15:03
Monday, June 8, 2026
ޚަބަރު

ވީއޯއެމްގެ ރިޕޯޓަރު އެކްސިޑެންޓްވެއްޖެ

ޝާފީ ހުޅުމީދޫ ސިއްހީ މަރުކަުގައި. ފޮޓޯ/ ވީއޯއެމް

ސ. ހުޅުދޫގައި މިއަދު ހެނދު ދެ ސައިކަލް ޖެހި އެކްސިޑެންޓެއްގައި އޮންލައިން ނޫސް ވޮއިސް އޮފް މީދޫގެ ރިޕޯޓަރު އަލީ ޝާފީ އެކްސިޑެންޓްވެ އަނިޔާވެއްޖެ އެވެ.

ހުޅުދޫގައި ހިނގި މި އެކްސިޑެންޓް ހިނގާފައި ވަނީ ހުޅުދޫ ވާރުގޭދީދީ މަގުން އުތުރުން ދެކުނަށް ހުޅުދޫ މަޑުފެހިގޭ ޝާފީ ދުއްވާފައި ދިޔަ ސައިކަލާއި ހުޅުދޫ އަލީ އަބްދުﷲ މަނިކުފާނުމަގުން (ޑރ.ޑީޑީ މަގު) އިރުން ދެކުނަށް ހުޅުދޫ މާކަރީލައިޓް ހަސަންފުތާ ދުއްވާފައި ދިޔަ ސައިކަލް ނަންރީމާގެ އާއި ދިމާއަށް ކަންމަތިން ޖެހިގެންނެވެ.

މި އެކްސިޑެންޓްގައި ހަސަން ފުތާއަށް މާ ބޮޑު ގެއްލުންތަކެއް ލިބިފައި ނުވި ނަމަވެސް ޝާފީގެ ކަނާ އަތުފައިގެ ކަކުލު ހުޅަށް ވަރަށް ބޮޑަށް ގެއްލުން ލިބިފައިވުމުން ހުޅުމީދޫ ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާ ދިނުމަށް ފަހު އިތުރު ފަރުވާ ހޯދުމަށްޓަކައި ޝާފީ ވަނީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.