Last Updated: March 28, 21:55
Thursday, March 28, 2024
ޚަބަރު ސިޔާސީ

ކޯލިޝަން ސަރުކާރުން ގައުމު ވިއްކާލައިފި: އަބްދުއްރަހީމް

އަދުރޭ ރައީސް ސޯލިހާއި ސަލާމް ކުރައްވަނީ --- ފޮޓޯ / ވަން އޮންލައިން

ރައީސް އިބްރާޙިމް މުހައްމަދު ސޯލިހްގެ ކޯލިޝަން ސަރުކާރުން ޤައުމު ވިއްކާލާފައިވާ ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

އަބްދުއްރަހީމް މިފަދައިން ޓްވީޓް ކުރައްވާފައިވަނީ އުތުރުތިލަފަޅުގެ އެއްބަސްވުންކަމަށް ބުނެ ސޮއި ނުކޮށް އޮތް ޑްރާފްޓް ޑޮކިއުމެންޓެއް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ސޯޝަލް މީޑިއާގައި ލީކުކޮށްލުމާއި ގުޅިގެންނެވެ.

އަބްދުއްރަހީމް ވިދާޅުވެފައިވަނީ ރައީސް ސޯލިހްގެ ކޯލިޝަން ސަރުކާރުން ދިވެހިގައުމު ވިއްކާލާ ދިވެހިން އަޅުވެތިކޮށްފައިވާކަމަށެވެ.

"ގައުމަށް ޣައްދާރުވެއްޖެ. ރައްޔިތުންނަށް ޚިޔާނާތްތެރިވެއްޖެ." އަބްދުއްރަހީމްގެ ޓްވީޓްގައިވެއެވެ.

މީގެ އިތުރުން އަބްދުއްރަހީމް ވަނީ ދިވެހި ގައުމު އަނބުރާ ދިވެހިންނަށް ހޯދުމަށް ދިވެހިން ނުކުންނަންވީ ވަގުތުޖެހިއްޖެ ކަމަށްވެސް ވިދާޅުވެފައެވެ.