Last Updated: June 17, 10:45
Tuesday, June 17, 2025
ޚަބަރު ކޮވިޑު ވެކްސިން

ފައިޒާ ވެކްސިން އަދި ޗައިނާގެ ސައިނޯފާމް ވެކްސިނަށް ހުއްދަ ދީފި

FILE PHOTO: Vials with a sticker reading, "COVID-19 / Coronavirus vaccine / Injection only" and a medical syringe are seen in front of a displayed Pfizer logo in this illustration taken October 31, 2020. REUTERS/Dado Ruvic/Illustration/File Photo

ކޮވީޑް-19 އިން ރައްކާތެރިވުމަސް ބޭނުންކުރާ އެމެރިކާގެ ފައިޒާ ކުންފުންޏާއި ޖަރުމަނުގެ ބަޔޯއެންޓެކް ގުޅިގެން އުފައްދާފައިވާ ފައިޒާ ވެކްސިނާއި ޗައިނާގެ ސައިނޯފާމް ވެކްސިން ރާއްޖޭގައި ބޭނުން ކުރުމުގެ ހުއްދަ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެފްޑީއޭ) އިން ދީފި އެވެ.

މި ވެކްސިންތައް ދިނުމަށް ހުއްދާ ދީފައިވާކަން ހާމަކޮށްފައިވަނީ މިހާރު ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން އެފްޑީއޭގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް އައިޝަތު މުހައްމަދު ވިދާޅުވީ، މި ދެ ވެކްސިން ރާއްޖޭގައި ބޭނުން ކުރުމަށް އެމަޖެންސީ ޔޫސް އެޕްރޫވަލް ދީފައިވަނީ 14 މާޗްގައި ކަމަށެވެ.

ރާއްޖޭގައި ޖުމްލަ 206،114 މީހަކަށް މިހާތަނަށް ވެކްސިން ދީފައިވެއެވެ. މާލެ ސަރަހައްދުން މިހާތަނަށް 116،636 މީހަކަށް ވެކްސިން ދީފައިވާއިރު އަތޮޅު ތެރެއިން މިހާތަނަށް 89،478 މީހަކަށް ވެކްސިން ދީފައިވާ ކަމަށް އެޗްޕީއޭ އިން ހާމަކުރެއެވެ.