ރާއްޖޭގެ ސިޔާދަތަށް އުނިކަން ލިބޭ އެއްބަސްވުން ހެދުމުގެ އިޚްތިޔާރެއް ނޯންނާނެ ކަމަށް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން ވިދާޅުވެއްޖެއެވެ.
ރައީސް ވަހީދު މިފަދައިން ވިދާޅުވެފައިވަނީ އުތުރު ތިލަފަޅުގެ ޑްރާފްޓް އެއްބަސްވުންކަމަށް ބުނެ ލިޔުންތަކެއް ސޯޝަލް މީޑިއާގައި ދައުރުވުމާއި ގުޅިގެނެވެ.
ރައީސް ވަހީދު ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވަނީ ރާއްޖޭގެ ސިޔާދަތަނަށް އުނިކަން ލިބޭ އެއްބަސްވުމެއް ހެދުމުގެ އިޚްތިޔާރު އެއްވެސް ސަރުކާރަކަށް ލިބިގެންނުވާކަމަށެވެ.
"އެފަދަ ކަމެއް ހިނގާއިރު ކޮބައިތޯ ރައްޔިތުންގެ މަޖިލިސް؟" ރައީސް ވަހީދުގެ ޓްވީޓްގައިވެއެވެ.
އުތުރު ތިލަފަޅުގެ ޑްރާފްޓް އެއްބަސްވުންކަމަށް ބުނެ ސޯޝަލް މީޑިއާގައި ލިޔުންތަކެއް ހާމަކޮށްފައިވަނީ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރެވެ. އެހެންނަމަވެސް ޑިފެންސް މިނިސްޓްރީން ބުނެފައިވަނީ އެލިޔުންތަކަކީ ހަގީގަތެއްނެތް ދޮގު ވާހަކަތަކެއްކަމަށެވެ.