Last Updated: July 1, 14:02
Wednesday, July 1, 2026
ޚަބަރު

އުމަރު ނަސީރަށް ފިޔަވަޅު އަޅަންޖެހޭނެ: ދޮންބިލެތް

މެމްބަރު އަހުމަދު ހަލީމް-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އުތުރު ތިލަފަޅު އެއްބަސްވުން ކަމަށް ބުނެ ދޮގު މައުލޫމާތު ދައުރުކުރާ މައްސަލައިގައި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރަށް ފިޔަވަޅު އަޅަންޖެހޭނެ ކަމަށް ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް ވިދާޅުވެއްޖެއެވެ.

އުތުރުތިލަފަޅު އެއްބަސްވުންކަމަށް ބުނެ ދޮގު މައުލޫމާތު ފެތުރި މައްސަލަ ބެލުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލައަށް ވާހަކަ ދައްކަވަމުން ހަލީމް ވިދާޅުވީ އެއްވެސް ކަމެއް ސިޔާސީ ކުރަން އުޅުމުން ރަނގަޅު ނުވާނެ ކަމަށެވެ. އަދި އުމަރު ނަސީރަށް ފިޔަވަޅު އެޅުމަށް ސަރުކާރަށް ގޮވާލާ ކަމަށެވެ.

ހަލީމް ވިދާޅުވީ އެގްރިމެންޓެކޭ ބުނެ ފޭކް ޑޮކިއުމެންޓެއް ނެރެގެން ރައްޔިތުންގެ ތެރޭގައި ފިތުނަ އުފައްދަން ނޫޅެވޭނެކަމަށެވެ.

"އަޅުގަނޑުމެނެއް މިތިބީކީ ފަހަތައް ޖެހޭގޮތަކަށް ނޫން. ކުރީގަ އެފާޑުގެ ވާހަކަ ދެއްކީމަ ދޫވެފައޮތް ކަމުގައި ވިޔަސް އަޅުގަނޑުމެނެއް ގަބޫލެއް ނުކުރާނެ މިވަގުތު މިގޮތަށް ފިތުނަ އުފައްދާކަށް." ހަލީމް ވިދާޅުވިއެވެ.

ހަލީމް ވިދާޅުވީ މިއީ ސަމާސާ ވާހަކައެއް ނޫންކަމަށާއި، އުމަރު ނަސީރަށް ފިޔަވަޅު އަޅަންޖެހޭ ކަަމަށެވެ.