Last Updated: July 1, 14:02
Wednesday, July 1, 2026
ޚަބަރު

އިއްޔަ ފެނުނީ ބަގާވާތެއް ރޭވުމުގެ ކޮޅުމަތި: ފިރުޝާން

އިއްޔަ ފެނިގެން ދިޔައީ ބަގާވާތެއް ރޭވުމުގެ ކޮޅުމަތި ކަމަށް މަޑަވެލި ދާއިރާގެ މެމްބަރު ހުސައިން ފިރުޝާން ވިދާޅުވެއްޖެއެވެ.

މެމްބަރު ފިރުޝާން މިފަދައިން ވިދާޅުވެފައިވަނީ އުތުރު ތިލަފަޅު އެއްބަސްވުންކަމަށް ބުނެ ދޮގު މައުލޫމާތު ފެތުރި މައްސަލަ ބަލާ އެކަމުގައި އުޅުނު ފަރާތްތަކަށް ފިޔަވަޅު އެޅުމަށް ގޮވާލާ ހުށަހެޅި ކުއްލި މައްސަލައަށް ވާހަކަ ދައްކަވަމުންނެވެ.

އެގޮތުން މެމްބަރު ފިރުޝާން ވިދާޅުވީ، ހަރުގަނޑު ހިފައިގެން ސިފަިއންގެ މައި މަރުކަޒަަށް ވަންނާނެގޮތް އުމަރު ނަސީރު ކިޔަިއދިން ހަނދާން ނުނެތޭ ކަމަށެވެ. އަދި 2012 ވަނަ އަހަރު އުމަރު އޭރުގެ އިދިކޮޅާއި އެކު ކުރި ބަގާވާތުގެ ހަނދާންވެސް ނުނެތޭ ކަމަށާއި، އިއްޔެ ފެނިގެން ދިޔައީ ބަގާވާތެއް ރޭވުމުގެ ކޮޅުމަތި ކަމަށް ވިދާޅުވިއެވެ.

ފިރުޝާން ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަކީ ދިވެހި ރައްޔިތަކަށް ގެއްލުމެއްވާނޭ ކަމެއް ކުރާނޭ ފަރާތެއް ނޫންކަމަށެވެ. އެހެންކަމުން މިފަދަ ދޮގު މައުލޫމާތު ފަތުރާ ފަރާތްތަކަށް، އަދި ވަކިން ހާއްސަކޮށް އުމަރު ނަސީރަށް ވަގުތުން ފިޔަވަޅު އަޅަންޖެހޭކަމަށް ފިރުޝާން ވިދާޅުވިއެވެ.