Last Updated: July 1, 11:57
Wednesday, July 1, 2026
ޚަބަރު

ޖޫން މަހު ހުރިހާ ރަށަކަށް އެމްބިއުލާންސް ހަމަކުރެވޭނެ: މިނިސްޓަރު ނަސީމް

މިނިސްޓަރު އަހުމަދު ނަސީމް-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ޖޫން މަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށަކަށް އެމްބިއުލާންސް ހަމަކުރެވޭނެ ކަމަށް ހެލްތް މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުގައި މެމްބަރުންނަށް މިނިސްޓަރު ނަސީމަށް ސުވާލު ކުރުމަށް ލިބުނު ފުރުސަތުގައި މެމްބަރު މުހައްމަދު ރާއީ ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ނަސީމް ވިދާޅުވީ އަންނަ މަހު ރާއްޖެއަށް އެމްބިއުލާންސް ގެނައުމުގެ މަސައްކަތް ފަށާނެކަމަށެވެ.

އެގޮތުން އޭޕްރިލް މަހު އެމްބިއުލާންސް ގެންނަން ފަށާނެކަމަށާއި، ހުރިހާ ރަށަކަށްވާ ވަރަށް އެމްބިއުލާންްސް ގެންނާނެ ކަމަށް ވިދާޅުވިއެވެ.

މިނިސްޓަރު ނަސީމް ވިދާޅުވީ ރަށްރަަށް އެމްބިއުލާންސް ގެންދަނީ ތިން ގޮތަކުން ކަމަށާއި، އެއީ ހެލްތު މިނިސްޓްރީގެ ބަޖެޓުންނާއި ޖަޕާނު ސަރުކާރުގެ އެހީގައި އަދި އެހެން ޕްރޮގްރާމަކުން ކަމަށެވެ.

މިއަދު މަޖިލީހުގައި ގިނަ މެމްބަރުން ވަނީ ރަށްތަކަށް އެމްބިއުލާންސް ހަމަނުވުމުގެ ޝަކުވާ މިނިސްޓަރަށް ދަންނަވާފައެވެ.