Last Updated: July 1, 11:57
Wednesday, July 1, 2026
ޚަބަރު

ރިސޯޓް މުވައްޒަފުން ވޯޓުން މަހުރޫމް ކުރުމަށް އުސޫލުތައް ދަނީ ހަރުކަށި ކުރަމުން: ޝުޖާއު

ރިސޯޓް މުވައްޒަފުން ވޯޓުން މަހުރޫމް ކުރުމަށް އުސޫލުތައް ހަރުކަށި ކުރަމުން އަންނަކަމަށް މާލެސިޓީ ކައުންސިލް ހުޅުމާލެ ދާއިރާއަށް ވާދަކުރައްވާ ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

އޭޕްރިލް 10 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބާއި ގުޅިގެން ކުރި ޓްވީޓެއްގައި ޝުޖާއު ވިދާޅުވީ ކައުންސިލް އިންތިހާބަކީ ރާއްޖޭގައި ބޭއްވޭ އެންމެ ނާއިންސާފު، ހައްޤުތަކުން މަހުރޫމް ކުރެވިގެން ބޭއްވީ އިންތިހާބު ކަމަށެވެ.

ޝުޖާއު ވިދާޅުވީ މި އިންތިހާބަކީ ޑިމޮކްރަސީގެ އަސާސްތަކާ މުޅިން ހިލާފަށް ބޭއްވޭ އިންތިހާބެއްކަމަށެވެ.

އެގޮތުން ރިސޯޓް މުވައްޒަފުން ވޯޓުން މަހުރޫމް ކުރުމަށް އުސޫލުތައް ހަރުކަށި ކުރަމުންދާ ކަމަށް ޝުޖާއު ވިދާޅުވިއެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓްލުމުގެ ހައްޤު ލިބިފައިވާ މީހުންގެ އަދަދަކީ 273128 އެވެ. އަދި ކައުންސިލް އިންތިހާބުގައި ޖުމުލަ 2264 ކެނޑިޑޭޓުން ވާދަކުރެއެވެ.