Last Updated: July 1, 11:35
Wednesday, July 1, 2026
ޚަބަރު

އަދަދު ހަމަނުވުމުން 5 ރިސޯޓެއްގައި ވޯޓު ފޮށި ނުބަހައްޓާ ގޮތަށް ހަމަޖައްސައިފި

ވޯޓު ފޮށި ބެހެއްޓޭ އަދަދަށްވުރެއް މަދުން ރަޖިސްޓްރީ ވެފައިވާތީ ފަސް ރިސޯޓެއްގައި ވޯޓު ފޮށި ނުބެހެއްޓުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.

އީސީން ބުނެފައިވަނީ ރިސޯޓުތަކުގައި ރީ-ރަޖިސްޓަރީ ކުރުމުގެ ފުރުސަތު ހަމަވި އިރު ވޯޓުފޮށި ބެހެއްޓޭ އަދަދަށްވުރެ މަދުން ބައެއް ރިސޯޓުތަކަށް ވޯޓުލުމަށް މީހުން ރަޖިސްޓަރީވެފައިވާ ކަމަށެވެ. އެހެންކަމުން ފަސް ރިސޯޓެއްގައި ވޯތު ފޮށި ނުބަހައްޓާގޮތަށް ނިންމާފައިވާ ކަމަށް ވިދާޅުވިއެވެ.

ވޯތު ފޮށި ނުބަހައްޓަން ނިންމާފައިވާ ރިސޯޓްތައް:

1- ކިހާ މޯލްޑިވްސް

2- ޕާމް ބީޗް އައިލެންޑް ރިސޯރޓް އެންޑް ސްޕާ

3- ބްރެނިއަރ ކޮއްޓެފަރު

4- ޑްރިފްޓް ތެލުވެލިގާ

5- އާވީ ނޭޗާރސް ޕެރެޑައިސް

އީސީން ބުނެފައިވަނީ މި ރިސޯޓުތަކުގައި ދިރިއުޅޭ އަދި މަސައްކަތްކުރާ ދިވެހި ރައްޔިތުން، ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2020ގައި ވޯޓުލުމަށްޓަކައި އަލުން ރަޖިސްޓަރީ ކުރަން ޖެހޭނެ ކަމަށެވެ. އެހެންކަމުން ރަޖިސްޓްރީ ވުމަށް ހުޅުވާލާ މުއްދަތުގައި ރަޖިސްޓްރީ ވުމަށް އެދޭކަމަށް އީސީން ބުނެފައިވެއެވެ.