މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ ޖަލު ހުކުމެއްގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެޔަށް ބަދަލުކޮށްދިނުމަށް އާއިލާއިން އެދެފިއެވެ.
"އައްޑޫލައިވް"އަށް މައުލުމާތު ދެއްވަމުން ހޯމް މިނިސްޓްރީން ބުނެފައިވަނީ އާއިލާގެ ފަރާތުން ރައީސް ޔާމީން ގެޔަށް ބަދަލުކޮށްދިނުމަށް އެދިފައިވާ ކަމަށެވެ. އަދި އެކަމާއި ގުޅޭގޮތުން ވަނީ ގޮތެއް ނިންމާފައިނުވާ ކަމަށް ވިދާޅުވިއެވެ.
މިފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ ރައީސް ޔާމީން ގެޔަށް ބަދަލުކުރަންޖެހޭފަދަ ޑޮކްޓަރުގެ ލިޔުމެއް ހުށަހަޅާފައިނުވާކަމަށެވެ.
އެމްއެމްޕީއާރްސީގެ ހިޔާނާތާއި ގުޅޭ މަނިލޯންޑްރިންގެ ކުށް ސާބިތުވެ ފަސް އަހަރުގެ ޖަލު ހުކުމެއްގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވި ޖަލު ހުކުމަށް ހައިކޯޓުން ވަނީ ތާއީދުކޮށްފައެވެ. މީގެ އިތުުރުންވެސް ފުއްގިރި ރައީސް ޔާމީންގެ މައްޗަށް މަނިލޯންޑްރިންގެ ދައުވާ އުފުލާފައިވާއިރު ރިޝްވަތު ހިފުމުގެ ދައުވާ އުފުލާފައިވެއެވެ.