Last Updated: June 8, 15:03
Monday, June 8, 2026
ޚަބަރު

ހުޅުމީދޫގައި ޕެރޭޑެއް ބާއްވައިފި

ހުޅުމީދޫގައި ބޭއްވި ޕެރޭޑްގެ ތެރެެއިން. ފޮޓޯ/ ވީއޯއެމް

އަޟްހާ އީދުގެ މުނާސަބާ ފާހަގަ ކުރުމުގެ ގޮތުން މީދޫ ޝަމްސުއްދީން ސްކޫލްގެ ކެޑޭޓްކޯ އިން އިންތިޒާމްކޮށްގެން ހުޅުދު އާއި މީދޫގެ ބޮޑެތި މަގުތަކުގައި ޕެރޭޑެއް ބާއްވައިފިއެވެ.

ޝަމްސުއްދީން ސްކޫލްގެ ކެޑޭޓް ކޯއިން އިންތިޒާމްކޮށްގެން ބޭއްވި މި ޕެރޭޑްގައި ސ. އަތޮޅު މަދަރުސާގެ ކެޑޭޓް ކޯގެ މެމްބަރުންނާއި ޝަމްސުއްދީން ސްކޫލްގެ މުދައްރިސުން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ. އަދި އެ ސްކޫލްގެ ދަރިވަރުންނާއި ގައިޑުންނާއި ކުރީގެ ދަރިވަރުން ވެސް ބައިވެރިވިވެފައިވެ އެވެ.

މި ޕެރޭޑް ހުޅުމީދޫ ބޮޑެތި މަގުތަކުގައި ބޭއްވުނު އިރު ޕެރޭޑް އެކި ސަރަހައްދުތަކުގައި މަޑު ކުރުމަށް ފަހު، އެ ސްކޫލުގެ ބޭންޑުން ތަފާތު ރާގު ކުޅުފައިވެ އެވެ.

ޕެރޭޑް ބޭއްވުނު މަގުތަކަށް ހުޅުދު އާއި މީދޫގެ ވަރަށް ގިނަ އަދަދެއްގެ މީހުން ހާޒިރުވެ ޕެރޭޑް ބަލާފައިވެ އެވެ.