Last Updated: April 23, 16:44
Tuesday, April 23, 2024
ކުޅިވަރު

އައްޑޫ ފުޓްބޯޅަ ޗެމްޕިއަންޝިޕް: ފައިނަލް މެޗު މިއަދު ހަވީރު

އައްޑޫ ސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ އައްޑޫ ފުޓްބޯޅަ ޗެމްޕިއަންޝިޕްގެ ފައިނަލް މެޗު މިއަދު ހަވީރު ކުޅޭނެއެވެ.

އައްޑޫ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު 16:00 ގައި ކުޅޭ ފައިނަލް މެޗުގައި ބައްދަލުކުރާނީ މެދުވަލު އެފްސީ އާއި ފޭދޫ ސްޕޯޓްސް އެވެ.

މެދުވަލު އެފްސީ މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފައިވަނީ ސެމީގައި މުބާރާތުގެ އެންމެފަހުގެ ޗެމްޕިއަނުން ކަމަށްވާ ބޭރުމަތި އެފްސީގެ މައްޗަށް ޕެނަލްޓީގައި ކުރި ހޯދައިގެންނެވެ. ފޭދޫ ސްޕޯޓްސް ފައިނަލަށް ދަތުރުކުރީ ފާހި ސްޕޯޓްސް ބަލިކުރުމަށްފަހު އެވެ.

މެދުވަލު އެފްސީ އާއި ފޭދޫ ސްޕޯޓްސް މުބާރާތުގެ ފައިނަލްގައި މިއަދު ބައްދަލުކުރާއިރު، މުބާރާތުގެ ގްރޫޕް ސްޓޭޖުގައި މި ދެ ޓީމު ވަނީ ދެ ފަހަރެއްގެ މަތިން ބައްދަލުކޮށްފައެވެ. އެގޮތުން އެ ދެ މެޗު ވެސް ކާމިޔާބުކޮށްފައިވަނީ ފޭދޫ ސްޕޯޓްސް އިންނެވެ.

މިއީ މި މުބާރާތް ބާއްވާ ދެވަނަ ފަހަރު ކަމަށްވާއިރު މުބާރާތުގެ ޗެމްޕިއަން ޓީމަށް 15،000 ރުފިޔާގެ ފައިސާގެ އިނާމު ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މި މުބާރާތުގެ މީޑިއާ ޕާޓްނަރަކީ އައްޑޫ ލައިވް ކަމަށްވާއިރު މުބާރާތުގެ މެޗުތައް އައްޑޫލައިވް ފޭސްބުކް ޕޭޖް މެދިވެރިކޮށް އަންނަނީ ލައިވް ކުރަމުންނެވެ. އެގޮތުން މިއަދު ހަވީރު ކުޅޭ ފައިނަލް މެޗުގެ ވެސް ލައިވްކޮށް ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ.