Last Updated: July 1, 11:35
Wednesday, July 1, 2026
ޚަބަރު

މުޒާހަރާގެ ތެރެއިން ފުލުހުންނަށް ހަމަލާ ދިންކަމުގެ ތުހުމަތު ދެ މީހެއްގެ މައްޗަށް!

އިދިކޮޅުން އިއްޔަ މާލޭގައި ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން-- ފޮޓޯ: ވަންއޮންލައިން

އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަންގެ ފަރާތުން އިއްޔެ މާލޭގައި ބޭއްވި މުޒާހަރާތަކުގެ ތެރެއިން ފުލުހުންނަށް ހަމަލާ ދިންކަމުގެ ތުހުމަތު ދެ މީހުންގެ މައްޗަށް ކޮށްފިއެވެ.

އިއްޔެ މުޒާހަރާގެ ތެރެއިން 25 މީހަކު ހައްޔަރުކުރި އިރު އޭގެ ތެރެއިން 23 މީހުން ވަނީ ދޫކޮށްލާފައެވެ. އަނެއް ދެ މީހުން ބަންދުގައި ތިބީ ފުލުހުންނަށް ހަމަލާ ދިންކަމުގެ ތުހުމަތުގައި ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

އެހެންނަމަވެސް ފުލުހުންނަށް ހަމަލާ ދިން ކަމަށް ތުހުމަތު ކުރާ މީހުންގެ މައުލޫމާތެއް ހާމަކޮށްފައެއްނުވެއެވެ.

މާލޭގައި ކޮވިޑް-19 ބާރު ސްޕީޑެއްގައި ފެތުރެމުން އަންނައިރު އެއްފަހަރާ ފަސް މީހުނަށްވުރެއް ގިނައިން އެއްނުވުމަށް އެޗްޕީއޭއިން ވަނީ ގައިޑްލައިން ނެރެފައެވެ. އެހެންނަމަވެސް އިދިކޮޅުން ކޮންމެ ހުކުރު ދުވަހަކު އަންނަނީ އެ ގައިޑްލައިނާއި ހިލާފަށް މުޒާހަރާތައް ބާއްވަމުންނެވެ.