Last Updated: July 1, 23:03
Wednesday, July 2, 2025
ޚަބަރު ފަތުރުވެރިކަން

ވިޒިޓް މޯލްޑިވްސްއިން ރަޝިޔާގައި ރޯޑްޝޯއެއް ފަށައިފި

ބޯޑަރު ހުޅުވި ދުވަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންތަކެއް: ފޮޓޯ / ވީއައިއޭ

ވިޒިޓް މޯލްޑިވްސްއިން ރަޝިޔާގެ ހަތަރު ސިޓީއެއްގައި ރޯޑްޝޯއެއް ފަށައިފިއެވެ.

މިމަހުގެ 19 އިން 26 ގެ ނިޔަލަށް މި ރޯޑް ޝޯތައް ކުރިއަށްދާނީ ރަޝިއާގެ މޮސްކީ، ކާޒާން، އެކަޓެރިންބާގް އަދި ސެން ޕީޓަރަސްބާރްގައި ކަމަށް ވިޒިޓް މޯލްޑިވްސްއިން މައުލޫމާތުދެއެވެ.

ވިޒިޓް މޯލްޑިވްސްއިން ބުނެފައިވަނީ މި ހަރަކާތުގައި 12 ރިސޯޓަކާއި ދެ ގެސްޓްހައުސެއް އަދި ހަ ޓްރެވަލް އެޖެންޓުން ލިމެނޭގޮތަށް 33 ފަރާތަކުން ބައިވެރިވެފައިވާކަމަށެވެ.

ރޯޑްޝޯގައި ރާއްޖެއާ ބެހޭ މައުލުމާތާއި ބައިވެރިވާ ފަރާތްތަކުގެ ޕްރޮޕަޓީތަކާއި އެތަންތަނުން ފަތުރުވެރިންނަށް ތަޖުރިބާ ކުރެވެން ހުރި ކަންތައްތައް ދައްކާލެވިގެންދާނެކަމަށް މައުލޫމާތު ދީފައިވެއެވެ.

މިއަހަރުގެ މިހާތަނަށް ރަޝިޔާއިން 40،698 ފަތުރުވެރިން ރާއްޖެއަށް ޒިޔާރާތް ކޮށްފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުން ދައްކައެވެ.