Last Updated: June 26, 03:21
Friday, June 26, 2026
ޚަބަރު ފެނަކަ

ނޫމަރާގައި އަލަށްއަޅާ އިންޖީންގޭގެ ބިންގާ އަޅައިފި

ފޮޓޯ: ފެނަކަ

ށ. ނޫމަރާގައި އަލަށް އިމާރާތްކުރާ އިންޖީނުގެ އާއި އޮފީސް އިމާރާތުގެ ބިންގާ އަޅައިފިއެވެ.

އާ އިންޖީނުގެއާ އޮފީސް އިމާރާތުގެ ބިންގާ އަޅުއްވާދެއްވާފައިވަނީ ފެނަކަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދާއި ނޫމަރާ ކައުންސިލްގެ ރައީސް ހަސަން އަބްދުﷲ އެވެ.

ނޫމަރާގައި އާ އިންޖީނުގެ އެޅުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ސްކައިވަން ލޮޖިސްޓިކް ކުންފުންޏާއެވެ. އެ މަސައްކަތް ނިންމަން ހަވާލުކޮށްފައިވަނީ 270 ދުވަހުގެ މުއްދަތެކެވެ.