މާލޭގައި ކާބޯތަކެތީގެ ހިދުމަތްދޭ ކެފޭ ރެސްޓޯރެންޓްތަކުގެ ހިދުމަތް ރޭގަނޑު 10:30 ހާއި ހަމައަށް ދެވޭގޮތަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ހުއްދަދީފިއެވެ.
އެޗްޕީއޭއިން މިއަދު ނެރުނު އެންގުމެއްގައި ބުނެފައިވަނީ ކާބޯތަކެތީގެ ހިދުމަތްދޭ އެންމެހާ ތަންތަނުގެ ހިދުމަތް ރޭގަނޑު 10:30 ހާއި ހަމައަށް ހުޅުވާލާ ކަމަށެވެ.
މާލޭގައި ކޮވިޑް-19 ބާރު ސްޕީޑެއްގައި ފެތުރޭތީ އެޗްޕީއޭއިން ވަނީ ޑެލިވަރީ އާއި ޓޭކްއަވޭ ހިދުމަތްތައްނޫން ކެފޭތަކުން ދޭ އެހެން ހިދުމަތްތައް 08:00 އާއި ހަމައަށް ދެވޭގޮތަށް ބަދަލުކޮށްފައެވެ. އަދި އެގޮތަށް އެޗްޕިއޭއިން އެންގުމާއި ގުޅިގެން މާލޭގައި ކެފޭ ރެސްޓޯރެންޓްތައް ހިންގާ ފަރާތްތަކުން އަންނަނީ ކަންބޮޑުވުންފާޅު ކުރަމުންނެވެ.
އަދި އެފަރާތްތަކުން ވަނީ ހިދުމަތް ދިނުން ހުއްޓާލާ އިހުތިޖާޖް ކުރާނޭ ކަމަށްވެސް ބުނެފައެވެ.