Last Updated: July 1, 11:35
Wednesday, July 1, 2026
ޚަބަރު

ރަށްވެހި ފަތިސް ކެމްޕޭން: ރައީސް މިރޭ ބައްދަލުކުރައްވާނީ އައްޑޫސިޓީގެ ކެނޑިޑޭޓުންނާ!

ރަށްވެހި ފަތިސް ކެމްޕޭންގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަދި މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައިސް މުހައްމަދު ނަޝީދު މިރޭ އައްޑޫސީޓީގެ އެމްޑީޕީގެ ކެނޑިޑޭޓުންނާއި ބައްދަލުކުރައްވާނެ ކަން އެމްޑީޕީން ހާމަކޮށްފިއެވެ.

ރައީސް ސޯލިހާއި ރައީސް ނަޝީދު އަދި އެމްޑީޕީގެ އިސްފަރާތްތަކުން އަންނަނީ ރަށްވެހި ފަތިސް ކެމްޕޭނުގެ ދަށުން ރާއްޖޭގެ އެކި އަތޮޅުތަކަށް ވާދަކުރާ އެމްޑީޕީގެ ކެނޑިޑޭޓުންނާއި ބައްދަލުކުރަމުންނެވެ.

އެގޮތުން މިރޭގެ ބައްދަލުވުމުގައި އައްޑޫސިޓީގެ ކެނޑިޑޭޓުންނާއި ބައްދަލުކުރައްވާނެކަން ހާމަކޮށްފައިވާއިރު، މިހާރު ބައްދަލުނުކުރެވި ބާކީ އޮތީ މ. އަތޮޅާއި ށ.އަތޮޅުގެ ކެނޑިޑޭޓުންނާއި އެކަނިކަމަށެވެ. އެހެން ހުރިހާ ކެނޑިޑޭޓުންނާއި މިހާރު ބައްދަލުކުރެވިފައިވާކަމަށް އެމްޑީޕީން މައުލޫމާތުދެއެވެ.

މި ބައްދަލުވުންތަކުގައި ރަށްތަކުގެ ތަރައްޤީއާއި ގުޅޭގޮތުން ކެނޑިޑޭޓުން ކުރައްވާ ސުވާލުތަކަށް ރައީސް ސޯލިހް އަންނަވަނީ ޖަވާބު ދެއްވަމުންނެވެ.

އޭޕްރިލް 10 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓްލުމުގެ ހައްޤު ލިބިފައިވާ މީހުންގެ އަދަދަކީ 273128 އެވެ. އަދި ކައުންސިލް އިންތިހާބުގައި ޖުމުލަ 2264 ކެނޑިޑޭޓުން ވާދަކުރެއެވެ.