ޓެކްނިކަލް މައްސަލައެއް ދިމާވުމުގެ ސަބަބުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ނުފެށި ލަސްވަމުންދާކަމަށް މަޖިލީހުގެ އިދާރާއިން ބުނެފިއެވެ.
މަޖިލީހުގެ ޖަލްސާ މިއަދު ފެށުމަށް އެޖެންޑާ ކޮށްފައިވަނީ 09:00 އަށެވެ. އެހެންނަމަވެސް ޖަލްސާގެ ވަގުތަށް ފަށާފައެއްނުވެއެވެ.
މަޖިލީހުގެ އިދާރާއިން ބުނެފައިވަނީ ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ޖަލްސާފެށުން ލަސްވަމުންދާކަމަށެވެ. އަދި މައްސަލަ ހައްލުކުރުމަށް މަސައްކަތްކުރަމުން އަންނަކަމަށް ބުނެފައިވެއެވެ.
މިއަދުގެ ޖަލްސާއަށް އެޖެންޑާ ކޮށްފައިވާ ކަންކަމުގެ ތެރޭގައި މިނިސްޓަރު އަހުމަދު މަހުލޫފާއި ސުވާލު ކުރުމާއި، ކެފޭ ރެސްޓޯރެންޓްތަކުގެ މައްސަލަ ހައްލުކުރުމަށް ހުށަހަޅާ މައްސަލަ ފާހަގަކޮށްލެވެއެވެ.