Last Updated: July 1, 09:43
Wednesday, July 1, 2026
ޚަބަރު

މެމްބަރު ޝިޔާމް ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އަހުމަދު ޝިޔާމް - ފޮޓޯ: މަޖިލިސް

ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

މަޖިލީހުގެ މީޑިއާ އެންޑް ކޮމިއުނިކޭޝަން ޑިރެކްޓަރު ހަސަން ޒިޔާއު ވަނީ ޝިޔާމް ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާކަން "އައްޑޫލައިވް"އަށް ކަށަވަރު ކޮށްދެއްވާފައެވެ. ޒިޔާއު ވިދާޅުވީ ޝިޔާމް ޕޮޒިޓިވްކަން މަޖިލީހަށް އެނގުނީ މިއަދު ކަމަށާއި، ސީދާ ޕޮޒިޓިވްވި ދުވަހެއް ނޭނގޭކަމަށެވެ.

ޒިޔާއު ވިދާޅުވީ އަދި މިހާތަނަށް ޝިޔާމްގެ ކޮންޓެކްޓެއް މަޖިލީހުގައި ނެތް ކަމަށެވެ.

މިއީ މަޖިލީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވި ދެވަނަ މެމްބަރެވެ. ކުރިން މަޖިލީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވަނީ މެޖޯރިޓީ ލީޑަރު އަލީ އާޒިމެވެ.