Last Updated: July 1, 09:43
Wednesday, July 1, 2026
ޚަބަރު

ހަދިޔާކުރި ޗައިނާ ވެކްސިން ބަލާ ދާންޖެހުނީ ފްލައިޓެއް ޗާޓާ ކޮށްގެން: އަދުން ހުސައިން

ޗައިނާއިން ހަދިޔާކުރި ވެކްސިން ބަލާދާން ފްލައިޓެއް ޗާޓާ ކުރަންޖެހުނު ކަމަށް ބުނެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމް ޗައިނާއަށް ފާޑުވިދާޅުވެއްޖެއެވެ.

ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖަންގް ލީ ޖޮންގް ޓެގްކުރައްވާ ކުރެއްވި ޓްވީޓްގައި މެމްބަރު ޝަހީމް ވިދާޅުވީ ޗައިނާއިން ރާއްޖެއަށް ހަދިޔާކުރި ވެކްސިން ބަލާދިއުމަށް ރާއްޖެއިން 100،000 ޑޮލަރު ހަރަދުކޮށް ފްލައިޓެއް ޗާޓާކޮށްގެން ދާންޖެހުމުން ހިތާމަކުރާކަމަށެވެ.

ޗައިނާއިން ވަނީ އެގައުމުން އުފެއްދި ސިނަފަރމް ވެކްސިންގެ ދެ ލައްކަ ޑޯޒު ރާއްޖެއަށް ހަދިޔާ ކުރާނެކަން އިއުލާން ކޮށްފައެވެ.