ކައުންސިލް އިންތިހާބުގައި މާލޭސިޓީ މޭޔަރުކަމަށް ޕީޕީއެމް ޓިކެޓުގައި ވާދަކުރައްވާ އަދި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހާޒިރުވެއްޖެއެވެ.
މުއިއްޒުއަށް މިއަދު އޭސީސީއަށް ހާޒިރުވުމަށް އަންގާފައި އޮތްއިރު އޭނާ އޭސީސީއަށް ހާޒިރުކުރަނީ ކޮން މައްސަލައަކާއި ގުޅިގެންނެއް ކަމެއް ސާފެއް ނުވެއެވެ.
#PPM Mayor Candidate @MMuizzu #ACC ah vadaigannavaifi
Sarukaarun dhahkaa birakah nugudhaaneInshah Allah mifaharu #MUIZZUforMAYOR #EmmengeVoteRukah#MeeMageyRaajje pic.twitter.com/9tRwhAYLDD
— Bochey (New Acct | Pls follow) (@BocheyRifau) March 23, 2021
މުއިއްޒު މީގެކުރިން ވިދާޅުވީ އޭސީސީ އަށް ހާޒިރުކުރަނީ އޭނާގެ ކެމްޕެއިނަށް ހުރަސް އެޅުމަށާއި، އަސްލެއް ނެތް ދޮގު ވާހަކަތައް ފެތުރުމުގެ އިތުރުން އަބުރު ކަތިލުމުގެ ގޮތުން ކަމަށެވެ.
މުއިއްޒު އޭސީސީ އަށް ހާޒިރުވެފައިވާއިރު އޭނާގެ މައްޗަށް މިދިޔަ ޖޫން މަހުގެ ތެރޭގައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވަނީ ދޮގު ބަޔާން ދިނުމުގެ ދައުވާ ވެސް އުފުލާފައެވެ.
ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނީ އެ ދައުވާ މުއިއްޒުގެ މައްޗަށް އުފުލާފައިވަނީ 2019 ވަނަ އަހަރުގެ ޖޫން މަހުގެ 25 ވަނަ ދުވަހު ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސަން އޭޖީ ނަމަކަށް ކިޔާ ކުންފުންޏަކުން (ނޫމަޑި) އިން ދިވެހި ސަރުކާރާ ދެކޮޅަށް ނެދަލޭންޑްސްގެ ދަހޭގްގައި ހުންނަ ޕާމަނަންޓް ކޯޓް އޮފް އާބިޓްރޭޝަންއަށް ހުށަހަޅާފައިވާ މައްސަލާގައި އެކުންފުނީގެ ހެކިވެރިއަކަށްވެ ދޮގު ބަޔާން ދޮގު ބަޔާނެއް ދެއްވާފައިވާތީ ކަމަށެވެ.
އެގޮތުން ހައުސިންގ ޔުނިޓް މަޝްރޫއާ ގުޅިގެން ނޫމަޑިއާއެކު ދިވެހި ސަރުކާރުން 2011 ވަނަ އަހަރު ވެފައިވާ ފޭސް 1 ގެ އެއްބަސްވުމާއި 2013 ގައި ވެފައިވާ ފޭސް 2 ގެ އެއްބަސްވުމުގެ މަސައްކަތް އެކުންފުނިން ޝެޑިއުލްއާ އެއްގޮތަށް ލަސްތަކެއްނުވެ ކުރަމުން ގެންދިޔަކަމަށް ބުނެ، އަދި ނޫމަޑިއަށް ލަގްޒަރީ ވިލާ އެޅުމަށް ދިވެހި ސަރުކާރުން ދޫކޮށްފައިވާ ޅ. ދިއްފުށިމާދޫ ސަރުކާރުގެ ބޭނުމަށް ނެގުމުގެ މަޝްވަރާގައި ބައިވެރިވެފައިނުވާކަމަށް ބުނެ، މުއިއްޒު ދޮގު ބަޔާނެއް ދެއްވާފައިވާ ކަމަށްވެސް ޕީޖީ އޮފީހުން ބުނެއެވެ.