Last Updated: July 1, 09:43
Wednesday, July 1, 2026
ޚަބަރު

ކުޅުދުއްފުށީ އެކްސިޑެންޓުގައި އަނިޔާވި ކުޑަކުއްޖާ މަރުވެއްޖެ

ކުޅުދުއްފުށި ހޮސްޕިޓަލް -- ފޮޓޯ / ސަން

ހދ. ކުޅުދުއްފުށީގައި ހިނގި އެކްސިޓެންޓެއްގައި އަނިޔާވި ކުޑަކުއްޖާ މަރުވެއްޖެއެވެ.

މި މަހުގެ ކުރީކޮޅު ސައިކަލަކާއި ޕިކަޕެއް ޖެހިގެން ހިނގި އެކްސިޑެންޓެއްގައި އަނިޔާވެފައިވަނީ 17 އަހަރުގެ ފިރިހެން ކުއްޖެކެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އަނިޔާވި ކުއްޖާ ވަނީ އޮޕަރޭޝަނެއްވެސް ކޮށްފައެވެ. އެކްސިޓެންޓުން ލިބުނު އަނިޔާތަކަށް ފަރުވާދިނުމަށްފަހު އެ ކުއްޖާ ގެއަށް ބަދަލުކުރި އިރު ފަހުން އަނެއްކާ ހާލު ސީރިއަސްވެ ހޮސްޕިޓަލަށް ބަދަލުކުރި ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.

އެ ކުއްޖާ މަރުވެފައިވަނީ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށެވެ.