Last Updated: March 29, 17:30
Friday, March 29, 2024
ޚަބަރު ސިޔާސީ

މިހަފްތާ ނިމެންވާއިރަށް މާލެ ރީނދޫ ކުލައިން ޖަރީކުރުމުގެ މަސައްކަތް ފަށައިފި

މި ހަފްތާ ނިމެންވާއިރަށް މާލެ ރީނދޫ ކުލައިން ޖަރީ ކުރުމުގެ މަސައްކަތް ފަށާފައިވާކަމަށް އެމްޑީޕީން ބުނެފިއެވެ.

ލޯކަލް ކައުންސިލް އިންތިހާބަށް އެމްޑީޕީން ކުރަމުން އަންނަ "ރަށްވެހި ފަތިސް" ކަމްޕެއިން ހަރަކާތާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ކެމްޕެއިން ސްޕޯކްސްޕާސަން މުހައްމަދު ސައިފް ފާތިހް ވިދާޅުވީ ކެމްޕެއިން ހަރަކާތްތައް މާލެއާއި މުޅި ރާއްޖޭގައި ވެސް ބާރަށް ކުރިއަށްގެންދާކަމަށެވެ.

އެގޮތުން ދިދަފަތި ދެމުމާއި ބިލް ބޯޑް ބެހެއްޓުމާއި ޕޯސްޓަރު ހަރުކުރުމުގެ ހަރަކާތްތައް ކުރިއަށްގެންދާކަމަށް ވިދާޅުވިއެވެ.

ސައިފް ވިދާޅުވީ މި ހަފްތާ ނިމުމުގެ ކުރިން މުޅި މާލެ "ރަން ރީނދޫ" ކޮށް ނިމޭނެކަމަށެވެ. އަދި މޭޔަރު ކަމަށް ވާދަކުރައްވާ އަނަސް އަބްދުއްސައްތާރު ދޮރުން ދޮރަށް ހިނގުމުގެ ހަރަކާތްވެސް ބާރު ސްޕީޑެއްގައި ކުރިއަށްގެންދާކަމަށް ވިދާޅުވިއެވެ.

އޭޕްރިލް 10 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބަށް އެމްޑީޕީން ކެމްޕެއިން ކުރަމުން އަންނައިރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައީސް މުހައްމަދު ނަޝީދު އަންނަނީ އެމްޑީޕީގެ ކެނޑިޑޭޓުންނާއި ބައްދަލުކުރައްވަމުންނެވެ.