Last Updated: July 1, 09:43
Wednesday, July 1, 2026
ޚަބަރު

މާލޭ މޭޔަރު ކަމަށް ތާއީދު ކުރަނީ އަނަސްއަށް: ޖާބިރު

ލޯކަލް ކައުންސިލް އިންތިހާބުގައި މާލެސިޓީ މޭޔަރު ކަމަށް ވާދަކުރައްވާ ކެނޑިޑޭޓުންގެ ތެރެއިން ތާއީދު ކުރައްވަނީ އެމްޑީޕީގެ ކެނޑިޑޭޓް އަނަސް އަބްދުއްސައްތާރަށް ކަމަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޖާބިރު ވިދާޅުވީ މާލޭ މޭޔަރަކަށް އަނަސް އަށް ތާއީދު ކުރެވޭކަމަށެވެ.

ޖާބިރު ވިދާޅުވީ ކުރިން ކަންތައް ކުރައްވާފައި ހުރި ގޮތުގެ ސަބަބުން ޕީޕީއެމްގެ ކެނޑިޑޭޓް ޑރ. މުހައްމަދު މިއިއްޒުއަށް ތާއީދުކުރަން ދަތިކަމަށެވެ. އަދި މުއިއްޒު ކުރިން ކަންކަން ކުރައްވަފައިހުރީ ވަރަށް އެހެންކަހަލަ ގޮތަކަށް ކަމަށާއި ދައުލަތަށް ގެއްލުންވާ ގޮތަށްވެސް ކަންކަން ކުރައްވާފައިހުރި ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން ޖާބިރު ވިދާޅުވީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ޑީއާރްޕީން ތާއީދުކުރާނީ އެމްޑީޕީގެ ކެނޑިޑޭޓުންނަށް ކަމަށެވެ.