ހދ. ކުޅުދުއްފުށީގައި ފާހާނަ ސާފުކުރާ ފުޅިއެއް ބުއި ޒުވާނަކަށް ކުޅުދުއްފުށި ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި ކުޅުދުއްފުށި ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާދެމުން އަންނަނީ 21 އަހަރުގެ އަންހެނަކަށެވެ.
އެ ކުއްޖާގެ ހާލު ސީރިއަސް ކަމަށް މައުލޫމާތު ލިބިފައިވީނަމަވެސް އެކަމުގެ އިތުރު ތަފްސީލެއް ލިބޭގޮތެއް ނުވެއެވެ. މިކަމާއި ގުޅިގެން ކުޅުދުއްފުށި ހޮސްޕިޓަލުގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފައެވެ.